ކޮމަންވެލްތު އެޑިއުކޭޝަނަލް މީޑިއާ ސެންޓަރ ފޯ އޭޝިއާ (ކެމްކާ) އާއި ނެޝެނަލް އިންސްޓްޓިއިޓް އޮފް އެޑިއުކޭޝަން ގުޅިގެން ޓީޗަރުންނަށް ޕްރޮގްރާމެއް ފަށައިފިއެވެ.
އޮންލައިންކޮށް ކިޔަވައިދޭން ޓީޗަރުން އަހުލުވެރިކުރަން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ. އަދި މާދަމާގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ޒޫމް މެދުވެރިކޮށެވެ.
އެކި ސްކޫލްތަކާއި ތައުލީމީ ދާއިރާގެ 677 ބޭފުޅުން ބައިވެރިވެލައްވާ މި ޕްރޮގްރާމުގެ ސެޝަންތައް ނަގައިދެއްވަނީ ކެމްކާގެ ފެސިލިޓޭޓަރުންނެވެ. އަދި އެ ސެޝަންތަކުގައި އޮންލައިންކޮށް ކިޔަވައިދިނުން ރާވާނެގޮތާއި އޭގެ ވައްޓަފާޅިއާއި ގޫގަލް ކްލާސްރޫމާއި ގޫގަލް ޓޫލްސްތަކާއި އޮންލައިންކޮށް ކިޔަވައިދިނުމުގައި ކުދިން އެސެސް ކުރާނެގޮތްތަކާއި މުހިންމު ބައެއް އޮންލައިން ޓޫލްސްތައް ކިޔަވައިދޭނެއެވެ.
އެފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް