ކޯވިޑް ޖެހިފައިވާ އަންހެނުން ގާތުން ދިނުމުގައި އަމަލު ކުރާނެ ގޮތް

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން މާބަނޑު މީހުންނަކީ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނެވެ. މާބަނޑު މީހަކަށް ކޯވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިއްޖެނަމަ ދެ ފުރާ...

09 Sep 2020 | 09:12

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން މާބަނޑު މީހުންނަކީ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނެވެ.

މާބަނޑު މީހަކަށް ކޯވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިއްޖެނަމަ ދެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތަކީ ނޭވާ ހިފަހައްޓަން ޖެހޭ މަސައްކަތެއް ކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެ އެވެ. އަދި ގާތުން ކިރުދޭ މައިން ކޯވިޑަށް ޕޮސިޓިވްވުމަކީ ކުޑަ ދަރިފުޅު ކޯވިޑުން ރައްކާތެރި ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަމާލު ކަން ދޭން ޖެހެ އެވެ

ކޯވިޑް-19 ޖެހިފައިވާ ނުވަތަ ބައްޔަށް ޝައްކު ކުރެވޭ އަންހެނަކު ކުޑަ ދަރިފުޅަށް ގާތުން ކިރު ދިނުމަކީ މައްސަލައެއް ނޫނެވެ.

ގާތުން ދިނުމުގައި އެންމެ ބޮޑަށް މައިމީހާ ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ގާތުން ދިނުމުގެ ކުރިންނާއި ދިނުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން ވާނެ އެވެ. ތުއްދު ދަރިފުޅު އުރައި ގެންގުޅެ އަދި ދަރިފުޅާ ކައިރި ވާއިރު މާސްކު އަޅަައިގެން މައިމީ ހުރުމަކީ މުހިންމު ކަމެކެވެ.

ގޭތެރޭގައި އާންމުކޮށް އަތް ލެވޭ ނުވަތަ ދަރިފުޅު އުޅޭ ހުރިހާ ތަނެއް ގިނަ ގިނައިން ޑިސްއިންފެކްޓު ކުރަން އާދަ ކުރަން ވާނެ އެވެ.

މައިމީހާގެ ގާތުން ދޭ ކިރަކީ ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކުން ރައްކާތެރިކޮށްދޭ ފައިދާ ހުރި ކާނާއެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހުންނާއި ގާތުން ދޭ މައިންގެ އިިތުރުން ތުއްތު ކުދިން ހިމެނެ އެވެ. އެކަމަކު އޭގެ ތެރެއިން ހާލު ދެރަވެގެން ފަރުވާ ދޭން ޖެހިފައިވަނީ މަދު ބަޔަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް