މިނިސްޓަރުކަމުން ވަކިވާން އަންގަވާނީ ރައީސް: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރުގެ މަޤާމުން ވަކިވާން އަންގާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ކަމަށް މިނިސްޓަރ ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ، އޭނ...

09 Sep 2020 | 09:05

އިކޮނޮމިކް މިނިސްޓަރުގެ މަޤާމުން ވަކިވާން އަންގާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ކަމަށް މިނިސްޓަރ ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ، އޭނާ މަގާމުން އެކަހެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕަރސަނަށް ފޮނުއްވި ސިޓީއާ ގުޅިގެން ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު އެދިވަޑައިގެންފައިވާ ގޮތަށް ވީހާވެސް ގިނަ އެމްޑީޕީ މެންބަރުންނާއި ދިވެހި ރައްޔިތުންނަށް ރައީސް ނަޝީދުގެ ސިޓީ ހިއްސާވާނެ ގޮތެއް ވުން ވަރަށްބޮޑަށް އެދޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންއަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް ދަންނަވަނީ ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.

އެއީ ފައްޔާޒާ އެއްވެސް ޒާތީ މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދެކޭ ކަމަށް އެސިޓީގައި ލިޔުއްވާފައިވެއެވެ. އަދި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ތާއީދުކޮށް ވޯޓުދޭ ޕާޓީއެއް ކަމަށްވެސް ލިޔުއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް