ދިރާގު ޓީވީން ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު މި މަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ދިރާގު ޓީވީގެ ހިދުމަތް އަލަށް ބޭނުން ކުރަން ފަށާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ދެ މަހުގެ މަހުފީ އާއި ޖޯއިބޮކްސްވެސް (ޑީކޯޑަރު) ހިލޭ ލިބޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
ދިރާގު ޓީވީގައި100 އަށްވުރެ ގިނަ ޗެނަލް ހިމެނެ އެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ.
ދިރާގުން ވަނީ ރާއްޖޭގެ %73 ގޭބިސީއަށް ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް