ދުނިޔޭގެ މަޝްހޫރު ބޮޑެތި ފުޓްބޯޅަ ލީގުގުތަކުގެ ޢީދު ފެށެން ކުޑަ ތަން ވެފައި ވާއިރު، ލީގުތަކުގެ ގިނަ ކުލަބުތަކަކަށް ވަނީ މިފަހަރުގެ މި ޓްރާންސްފާ ބާޒާރުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު ކުރިޔަށްދާ ޓްރާންސްފާ ބާޒާރުގައި ކުލަބުތަކަށް ކުޅުންތެރިން ގެންދިއުމުގައި ބޮޑެތި ހޭދަތަކެއް ގިނަ ކުލަބުތަކަކުން ވަނީ ކޮށްފައެވެ.
އެގޮތުން މިފަހަރު އަޅުގަނޑު ބަލާލާނީ ދުނިޔޭގެ އެއްވަނާގައި މަޝްޙޫރުކަން ހޯދާފައިވާ އިނިރޭސި ޕްރިމިއާލީގުގެ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑެތި ހޭދައެއް ކޮށްފައިވާ ކުލަބުތަކުގެ ޚަބަރުތަކަށެވެ.
އިނގިރޭސި ޕްރިމިއާލީގަކީ ދުނިޔޭގެ އެންމެ ގިނަ ސަޕޯޓަރުން އޮންނަ މަޝްޙޫރު އެއް ލީގެވެ. އެގޮތުން ދުނިޔޭގެ އެންމެ ގިނަ ސަޕޯޓަރުން ތިބޭ ބޮޑެތި ކުަލަބުތައްވެސް އޮންނަނީ މި ލީގުގައޭ ބުނުމަކުން މުޅިންއެކުން ދޮގަކަށް ނުވާނެއެވެ. އެގޮތުން ޗެލްސީ، އާސެނަލް، ލިވަޕޫލް، މެނެޗެސްޓާރ ޔުނައިޓު، މެންޗެސްޓާ ސިޓީ ފަދަ ކުލަބުތަށް ހިމެނެއެވެ.
ކަން މިހެން އޮތްއިރު، މި އަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުލަބު ވަރުގަދަ ކުރުމަށް މޮޅެތި ގިނަ އަދަދެއްގެ ކުޅުންތެރިން ގެނައުމަށް އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކޮށްފައިވަނީ ޗެލްސީ އިންނެވެ. އެގޮތުން ދުނިޔޭގެ މަޝްޙޫރު ގިނަ ކުޅުންތެރިންތަކެއް އެ ކުލަބައް މި ޓްރާންފާ ބާޒާރުގައި ގެނެސްފައިވާއިރު، އެ ކުލަބުން ވަނީ މިހާތަނަށް ކުޅުންތެރިން ގަތުމަށް ޖުމްލަ 226 މިލިއަން ޕައުންޑް ޚަރަދު ކޮށްފައެވެ.
މިފަހަރުގެ މި ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ގެނެސްފައިވާ ބައެއް ކުޅުންތެރިންނަށް ބަލާއިރު،
ހަކީމް ޒިއެޗް - 33 މިލިއަން ޕައުންޑް
ޓިމޯ ވާނާ - 48 މިލިއަން ޕައުންޑް
ބެން ޗިލްވެލް - 45 މިލިއަން ޕައުންޑް
ކައި ހަވާޓްޒް - 72 މިލިއަން ޕައުންޑް
ތިއާގޯ ސިލްވާ - 16 މިލިއަން ޕައުންޑް
އިނގިރޭސި ޕްރިމިއާ ލީގަށް ބަލާއިރު، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކޮށްފައިވަނީ މެންޗެސްޓާރ ސިޓީ އިންނެވެ. އެ ކުލަބުން މިހާތަނަށް 62 މިލިއަން ޕައުންޑް ވަނީ ހޭދަކޮށްފައެވެ. ތިން ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިފަހަރު އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ލީޑްސް ޔުނައިޓެޑުން ނެވެ. އެ ކުލަބުން މިހާތަނަށް 61 މިލިއަން ޕައުންޑް ހޭދަކޮށްފައިވެއެވެ.
ހަތަރު ވަނައަށް އޮތް މެންޗެސްޓާރ ޔުނައިޓެޑުން 36 މިލިއަން ޕައުންޑު ހޭދަކޮށްފައިވާއިރު، ފަސް ވަނައަށް އެންމެ ގިނައިން ހޭދަކޮށްފައިވާ އާސެނަލް އިން ހޭދަކޮށްފައިވަނީ 31 މިލިއަން ޕައުންޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް