އޮކްސްފޯޑު ޔުނިވަރސިޓީޣެ ވެކްސިންގެ މަސައްކަތް މަޑުޖައްސާލައިފިއެވެ.
މިދިޔަ 2019 ވަނަ އަހަރު ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮވިޑް-19 އިން ރާއްކާތެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން ވެކްސިން އުފައްދަމުންދާ މި ދަނޑިވަޅުގައި އޮކްސްފޯޑް ޔުނިވަރސިޓީން އުފައްދަމުން އަންނަ ވެކްސިންގެ މަސައްކަތް މަޑުޖައްސާލަން ޖެހުނީ އެ މަސައްކަތުގައި އުޅޭ މީހަކު ބަލިވުމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން އޭނާ ބަލިވީ އަޖުމަ ބެލުމުގެ އެންމެފަހު މަރުހަލާގައި ވެކްސިން އުފައްދާ މައި ކުންފުނީގެ މުވައްޒަފަކު ކުއްލިއަކަށް ބަލިވުމުންނެވެ. އަދި އޭނާ ބަލިވީ މި ވެކްސިން ދިނުމުން ކަމަށާއި އޭނާގެ ބަލި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އޮކްސްފޯޑު ޔުނިވަރސިޓީގެ ވެކްސިންގައި މިހާރުކުރިއަށް ދަނީ މި ވެކްސިން ޢާންމުކޮށް ބޭނުންކުރަން ހުއްދަ ދިނުމުގެ ކުރިން ކަޑައްތުކުރަންޖެހޭ މަރުހަލާ ތަކެވެ.
ވެކްސިންގެ މަސައްކަތް މީގެކުރިންވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް އެފަހަރު މެދުކަނޑާލި ސީދާ ސަބަބެއް ހާމައެއް ނުކުރެއެވެ.
މިގޮތަށް ދިމާވުމަކީ ވެކްސިންއަކީ ރައްކާތެރި ނޫން އެއްޗެއްކަން އަންގައިދޭ ކަމެއް ނޫނެވެ. ތަހުލީލީ މަރުހަލާ ތަކުގައި އެފަދަ އެތައް ކަމެއް ދިމާވެއެވެ.
ވެކްސިން އުފައްދާ އިރު، އަޖުމަބެލުމުގައި މިފަދަ ފުށުއަރާ ކަމެއް ދިމާވެއްޖެ ނަމަ، މިނިވަން ބަޔަކު ލައްވާ އެކަން ބަލައި، އޭގެ ހަގީގަތް ދެނެގަންނަން ޖެހެއެވެ.
އެހެންވެ، އޮކްސްފޯޑް ވެކްސިންގެ މަސައްކަތް އަލުން ފަށާނީ މިނިވަން ބަޔަކު އެ ބަލިމީހާގެ މައްސަލަ ބެލުމަށް ފަހު، ނެރޭ ރިޕޯޓުގެ މައްޗަށް ބިނާކޮށްފައެވެ.
ފުރަތަމަ ދެ ފޭސްގައިވެސް މިއީ ވަރަށް ކާމިޔާބު ވެކްސިނެއްގެ ގޮތޔގައި ފާހަގަ ކުރެވިފައިވާ އިރު، މި ވެކްސިންގެ ފަހު މަރުހަލާ ކުރިއަށް ގެންދަނީ 30،000 މީހުން ބޭނުންކޮށްގެންނެވެ. އެއީ އިނގިރޭސި ވިލާތާއި އެމެރިކާ އާއި ބްރެޒިލް އަދި ސައުތު އެފްރިކާއަށް ނިސްބަތްވާ މީހުންނެވެ.
ކޮވިޑް-19 އާ ދެކޮޅަށް ގާތްގަނޑަކަށް 180 ވެކްސިނެއް އީޖާދުކުރަމުން އަންނަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.
ނަމަވެސް މިއިން އެއްވެސް ވެކްސިނެއްގެ ތިންވަނަ މަރުހަލާގެ އަޖުމަބެލުން މިހާތަނަށް ނިމިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް