ޔޫއެފާ ނޭޝަންސް ލީގް: ފްރާންސްއިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސް އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު ފްރާންސް އިން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުނު މެޗު ކްރޮއޭޝިއާގެ މައްޗަށް ފްރާންސްއިން ކުރި ހޯދާފައިވަނީ 2-4 ގެެ ނަ...

09 Sep 2020 | 04:45

ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސް އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު ފްރާންސް އިން ކާމިޔާބު ކޮށްފިއެވެ.

ރޭ ކުޅުނު މެޗު ކްރޮއޭޝިއާގެ މައްޗަށް ފްރާންސްއިން ކުރި ހޯދާފައިވަނީ 2-4 ގެެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ކްރޮއޭޝިއާއިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން މެޗުގެ ލީޑުނެގީ ޑިހާން ލޮވްރެން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ފްރާންސް އިންނެވެ. އެގޮތުން މެޗުގެ 43 ވަނަ މިނެޓުގައި ފްރާންސް އިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޓޮނިން ގްރީޒްމަން އެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސް އިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. 45 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޑޮމިނިކް ލިވަކޮވިޗް އެވެ.

ފްރާންސް އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމްމާލި ނަމަވެސް ފަހު ހާފު ފެށިގެން 55 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ދެވަނަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ޖޯސެފް ބްރެކާލޯގެ މި ލަނޑުން ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް އޭގެ ދިހަ ވަރަކަށް މިނެޓު ފަހުން ޑަޔޮޓް އަޕަމެކާނޯ ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ފްރާންސް އަށް މެޗުގެ ލީޑު ނަގައިދީފައެވެ. ފްރާންސްއިން މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އޮލިވަރ ޖީރޫއެވެ.

މި ނަތީޖާއާއި އެކު ލިގު އޭގެ ގްރޫޕް 3 ގެ ދެވަނަ ފްރާންސް އަށް ވަނީ ލިބިފައެވެ. އެއީ މި ގްރޫޕުގެ އެއްވަނާގައި އޮތް ޕޯޗުގަލް އާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްގެންނެވެ. ޕޯޗުގަލ އަދި ފްރާންސް ކުޅުނު ދެމެޗުންވެސް މޮޅުވެ ކޮންމެ ޓީމަކަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް އަށް ގްރޫޕުގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

މި ގްރޫޕުގެ ތިން ވަނާގައި އޮތް ސްވިޑެންއާއި ކްރޮއޭޝިއާ ކުޅުނު ދެމެޗުންވެސް ބަލިވެފައި ވުމުން މީގެން އެއްވެސް ޓީމަކަށް އަދި ވަނީ ޕޮއިންޓެއް ވެސް ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް