ޔޫއެފާ ނޭޝަންސް ލީގް: ބެލްޖިއަމް ބޮޑު މޮޅެއް ހޯދިއިރު، އިންގްލެންޑް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބެލްޖިއަމް އައިސްލެންޑުގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދިއިރު، އިންގްލެން އަދި ޑެންމާކް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ރޭ ބެލް...

09 Sep 2020 | 04:22

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބެލްޖިއަމް އައިސްލެންޑުގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދިއިރު، އިންގްލެން އަދި ޑެންމާކް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭ ބެލްޖިއަމް އިން އައިސްލެންޑްގެ މައްޗަށް ކުރި ހޯދާފައިވަނީ 1-5 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބެލްޖިއަމް އިން މޮޅު ކުޅުމެއް ދައްކާފައި ވާއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އައިސްލެންޑް އިންނެވެ. މެޗު ފެށިގެން11 ވަނަ މިނެޓުގައި މި ލަނޑު އައިސްލެންޑް އަށް ކާމިޔާބު ކޮށްދިނީ ޖޮޓާ ހާމަންސަން އެވެ. އޭގެ3 މިނެޓު ފަހުން އަޒެލް ވިޓްސެލް ގެ ލަނޑުން ބެލްޖިއަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރި އިރު، އޭގެ ހަތަރު މިނެޓު ފަހުން ބަޓްސުއާއީ ވަނީ ބެލްޖިއަމް އަށް ދެވަނަ ލަނޑެއް ކާމިޔާބު ކޮށްދީ މެޗުގެ ލީޑު ނަގާފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ބެލްޖިއަމް އިން ނިންމާލި އިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ ފަހު ހާފުގެ50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑްރައީސް މާޓެންސް އެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި ބަޓްސުއާއީ އޭނާގެ ދެވަނަ ލަނޑު މި މެޗުގައި ކާމިޔާބު ކޮށް ބެލްޖިއަމް އަށް ލީޑު އިތުރަށް ފުޅާ ކޮށްދިން އިރު، ބެލްޖިއަމްގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖެރެމީ ޑޯކޫއެވެ.

މި ގްރޫޕުގައި ހިމެނޭ އިންގްލެންޑް އައި އައިސްލެންޑް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމަށް ވެސް ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ.

ރޭގެ މެޗުތަކުގެ މި ނަތީޖާ ތަކާއި އެކު ލީގު އޭ ގްރޫޕް 2 ގެ މިވަގުތު ނަތީޖާ ތަކަށް ބަލާއިރު، ކުޅުނު ދެމެޗުން ވެސް މޮޅުވެ ބެލްޖިއަމް އޮތީ 6 ޕޮއިންޓާއި އެކު ގްރޫޕުގެ އެއްވަނާގައެވެ. ހަތަރު ޕޮއިންޓާއި އެކު ދެވަނާގައި އިންގްލެންޑް އޮތް އިރު، އެއް ޕޮއިންޓާއި އެކު ތިން ވަނާގައި އޮތީ ޑެންމާކެވެ. އަދި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި އޮތީ އައިސްލެންޑް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް