ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ވޭމަންޑޫން ފުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ވޭމަންޑޫން ފުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އާދީއްތަ ދުވަހު 14:15 އެހާކަންހާއިރު ފުލުހުން ހިންގި މި އޮޕަރޭޝަނެއްގައި ހައްޔ...

09 Sep 2020 | 03:18

ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ވޭމަންޑޫން ފުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އާދީއްތަ ދުވަހު 14:15 އެހާކަންހާއިރު ފުލުހުން ހިންގި މި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ވޭމަންޑޫން ފުރަން އުޅެނިކޮށް އެރަށު  ބަނދަރު ސަރަހައްދުންނެވެ.

"އެމީހާ ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސް އޭނާގެ އެކްސްރޭ ނަގައި ބެލިއިރު އޭނާ ހަށިގަނޑުގައި މަސްތުވާތަކެތިކަމަށް  ޝައްކުކުރެވޭ އެއްޗެހިތަކެއް ހުރިކަންވަނީ އެނގިފައެވެ. އަދި ޑޮކްޓަރުންގެ އެހީތެރިކަމާއެކު އެތަކެތި ނަގައި ބެލިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް އަށް ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް