އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މެދުވެރިއެއްގެ ރޯލު ކުޅެގެން އިޒްރޭލާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސުލްހައިގެ އެއްބަސްވުމަކަށް އައިސްފައިވާއިރު، އިޒްރޭލުގެ "ޕިޖާމާ" އިސްތިހާރެއް ޔޫއޭއީގައި ޝޫޓް ކުރުމުން ގިނަބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެއްޖެއެވެ.
މިކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި އިޒްރޭލުން އަރަބިދުނިޔެއަށް އަތްގަދަ ކުރަން މަސައްކަތް ކުރަނީ މިފަދަ ގޮތްގޮތުން ނާޖާއިޒް މަންފާ ހޯދުމަށެވެ. އަދި އިޒްރޭލުގެ ވިޔަފާރި ލައިންތައް ފުޅާކުރުމަށް ހަތިޔާރެއްގެ ގޮތުގައި ޔޫއޭއީ ބޭނުންކުރަން ފަށާފައިވާއިރު ވެފައިވާ އެއްބަސްވުމަށް އިޒްރޭލުން ބޯ ނުލަނބާނެ ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ.
އިޒްރޭލާއި ޔޫއޭއީ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައިވާގޮތުން ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ވަޒަންވެރިވުން ހުއްޓާލާނެއެވެ. ނަމަވެސް އެކަމަށް އަދިވެސް އަމަލީ ސިފައެއް ގެނެސްފައެއް ނުވެއެވެ.
އެހެންނަމަވެސް ޔޫއޭއީއިން އަންނަނީ އެ އެއްބަސްވުން ދަމަހައްޓައި އެ އެއްބަސްވުމަކީ ރަނގަޅު އެއްބަސްވުމެއް ކަމުގައި ބުނަމުންނެވެ.އެ އެއްބަސްވުމުގެ ދަށުން އިޒްރޭލާއި ޔޫއޭއީއާއި ދެމެދު ސިޔާސީ/ހާރިޖީ ގުޅުން ބަދަހިކުރާނެ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް