މާސްކު އެޅުމަށް ހަނދުމަކޮށްދޭ ރޮބޮޓެއް !

ކޯވިޑް-19 ގެ މި ހާލަތުގައި މާސްކު އެޅުމަށް ހަނދުމަކޮށްދޭ ރޮބޮޓެއް ބާޒާރަށް ނެރެފިއެވެ. މި ރޮބޮޓަކީ ކުރިންވެސް ބާޒާރަށް ނެރެ އާންމުކޮށް ވިއްކަން ފަށާފައިވާ ރޮބޮޓެއްގެ އަޕްގްރޭޑެޑް ވާސަން އެކެވެ ބައެއް ...

09 Sep 2020 | 02:51

ކޯވިޑް-19 ގެ މި ހާލަތުގައި މާސްކު އެޅުމަށް ހަނދުމަކޮށްދޭ ރޮބޮޓެއް ބާޒާރަށް ނެރެފިއެވެ.

މި ރޮބޮޓަކީ ކުރިންވެސް ބާޒާރަށް ނެރެ އާންމުކޮށް ވިއްކަން ފަށާފައިވާ ރޮބޮޓެއްގެ އަޕްގްރޭޑެޑް ވާސަން އެކެވެ

ބައެއް ގައުމުތަކުގެ އެއާޕޯޓް އަދި ބައެއް ބޮޑެތި ޝޮޕިންގ މޯލް ތަކުގައި ކަސްޓަމަރުންނަށް މަރުހަބާ ކިޔުމަށް މިހާރުވެސް ބޭނުންކުރަމުން އަންނަ މި ރޮބޮޓަށް އަލަށް ދީފައިވާ ގާބިލުކަމުން، މީހާގެ މޫނު ސްކޭންކޮށް މާސްކު ނާޅާ ހުރި ނަމަ މާސްކު އެޅުމަށް ހަނދުމަކޮށްދޭނެ ކަމަށް މި ރޮބޮޓް އުފައްދާ ކުންފުނިން ބުނެއެވެ.

"ޕެޕަރ" ގެ ނަން ދީފައިވާ މި ރޮބޮޓަކީ ދިގުމިނުގައި 47 އިންޗި ހުންނަ ރޮބޮޓެކެވެ.

މާސްކު އެޅުމަށް ހަނދުމަކޮށްދިނުމަށްފަހު، މާސްކު އެޅުމުން ޝުކުރުގެ މެސެޖެއްވެސް މި ރޮބޮޓް ދޭނެ ކަމަށްވެސް މި ރޮބޮޓް އުފެއްދި ކުންފުނިން ބުނެފައިވެއެވެ.

ކޯވިޑް-19 އާއެކު ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން އާންމު ތަންތާނގައި އުޅޭ އިރު މާސްކު އެޅުން ވަނީ ގާތްގަނޑަކަށް މަޖުބޫރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް