ދުނިޔޭގެ އެންމެ ދިގު ޕަފްކޯން ހަދައިގެން އިނގިރޭސި ކުންފުންޏަކުން ރެކޯޑު ހަދައިފި

ގިނިސް ބުކް އޮފް ވޯކްލްޑް ރެކޯޑުން ޖާގަ ހޯދުމަށް ދުނިޔޭގޭ އެކި ކަންކޮޅުތަކުގައި ތަފާތު ކަންކަން ކުރެ އެވެ. މިފަހަރު ތަފާތު ރެކޯޑެއް ހަދައި އެ ފޮތުން ޖާގަ ހޯދީ އިނގިރޭސިވިލާތުގައި ލުއި ކާނާ ތައްޔާރު ކު...

09 Sep 2020 | 02:16

ގިނިސް ބުކް އޮފް ވޯކްލްޑް ރެކޯޑުން ޖާގަ ހޯދުމަށް ދުނިޔޭގޭ އެކި ކަންކޮޅުތަކުގައި ތަފާތު ކަންކަން ކުރެ އެވެ.

މިފަހަރު ތަފާތު ރެކޯޑެއް ހަދައި އެ ފޮތުން ޖާގަ ހޯދީ އިނގިރޭސިވިލާތުގައި ލުއި ކާނާ ތައްޔާރު ކުރާ ކުންފުންޏަކުންނެވެ. ބްރިޓިޝް ކްރިސްޕްސް ކޮމްޕެނީގެ ބްރާންޗަކުން ވަނީ ދުނިޔޭގެ އެންމެ ދިގު ޕަފްކޯން ތައްޔާރުކޮށްފައި އެވެ.

އެކި ޑިޒައިން ޑިޒައިނަށް ލުއިކާނާ ހެދުމުގެ ކުރިން އެ ކުންފުނިން ހެދި ޕަފް ކޯން ފުއްގަނޑުގެ ދިގުމިނުގައި 10.66 މީޓަރު ހުއްޓެވެ. އެ ޕަފްކޯން ފުއްގަނޑު ތައްޔާރު ކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ހޭދަ ކޮށްފައިވަނީ ދެ ގަޑިއިރާއި 29 މިނެޓެވެ.

ދުނިޔޭގެ އެންމެ ދިގު ޕަފް ކޯން ހަދަން ފުއްގަނޑު މޮޑުނީ އަތުން ނެވެ. މުވައްޒަފުން އަތުން ފުއްގަނޑު މޮޑެއް ޖެހުނީ ޒަމާނީ ވަސީލަތްތަކާއި އެކު ޕަފް ކޯން ހެދުމަށް ބޮޑެތި މެޝިނުތައް ބޭނުން ކުރިޔަސް ދުނިޔޭގެ ރެކޯޑެއް މުގުރާލަން ފުއްގަނޑެއް މޮޑޭވަރުގެ މެޝިނެއް ނެތުމުންނެވެ.

ޕަފްކޯން އަކީ ޒުވާރި ފުށް ހިމަނައިގެން ތައްޔާޜު ކުރާ ލުއިކާނާ އެކެވެ.

މި ކުންފުންޏަކީ އިނގިރޭސިވިލާތުގައި ފާސްޓް ފުޑް ވިއްކުމުގައި މަޝްހޫރު ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ 1948 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް