ރޮނާލްޑޯގެ 2 ލަނޑުން ޕޯޗުގަލް މޮޅުވިއިރު، ޤައުމީ ޓީމަށް ޖަހައިދިން 100 ލަނޑާއި އެކު ރޮނާލްޑޯ ތާރީހުގެ ތެރެއަށް

މިހާރު ކުރިޔަށްދާ ޔޫއެފާ ނޭޝަންސް ލީގުގައި ސްވިޑެންއާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ. ރޭ ކުޅުނު މި މެޗުން ސްވިޑެންގެ މައްޗަށް ޕޯޗުގަލް ކުރިހޯދީ 0-2 ގެ ނަތީޖާއިންނެވެ. އަނިޔާގަ...

08 Sep 2020 | 21:20

މިހާރު ކުރިޔަށްދާ ޔޫއެފާ ނޭޝަންސް ލީގުގައި ސްވިޑެންއާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.

ރޭ ކުޅުނު މި މެޗުން ސްވިޑެންގެ މައްޗަށް ޕޯޗުގަލް ކުރިހޯދީ 0-2 ގެ ނަތީޖާއިންނެވެ.

އަނިޔާގައި ހުރުމަށް ފަހު ރޭގެ މެޗުގައި ސްވިޑެންނާއި ދެކޮޅަށް ރޮނާލްޑޯ ކުޅެފައިވާއިރު، މި މެޗުގައި ޕޯޗުގަލް އިން ކާމިޔާބު ކުރި 2 ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ.

އެގޮތުން ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ފުރަތަމަ ލަނޑާއި އެކު ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީޓީމަށް ކާމިޔާބު ކޮށްދިން  100 ވަނަ ލަނޑާއި އެކު ފުޓްބޯޅައިގެ ތާރީޚުގެތެރެއަށް ވަދެފައެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް އާއި ސްވިޑެން ބައްދަލު ކުރި މި މެޗުގައި ރޮނާލްޑޯ ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމަކުންނެވެ.

ޕޯޗުގަލްގެ ދެވަނަ ލަނޑުވެސް ރޮނާލްޑޯ ކާމިޔާބު ކޮށްދިން އިރު، މި ލަނޑު އޭނާ ކާމިޔާބު ކުރީ ސްވިޑެންގެ ޕެންލްޓީ އޭރިޔާ ބޭރިގައި ހުރެ ފޮނުވާލި ހަމަލާ އަކުން ސީދާ ގޯލްގެ ކަނަށް  ވައްދާލައިގެންނެވެ.

މި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކޮށްދިން ދެ ލަނޑާއި އެކު ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީޓީމަށް ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދު މިހާރު ވަނީ 101 އަށް އަރާފައެވެ.

ސްވިޑެންއާއި ދެކޮޅަށް ޕޯޗުގަލް ރޭ ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އޭނާ ވަނީ  ގިނަ ހަމަލާތަކެއް ސްވިޑެންގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޮލްސެން ވަނީ ރޮނާލްޑޯގެ މި ހަމަލާތަށް ދިފާއު ކޮށްފައެވެ.

ދުނިޔޭގެ އެންމެ ގިނަ ބައިނަލްއަގްވާމީ ގޯލް ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔަކީ އިރާންގެ އަލީ ދާއީއެވެ. އޭނާ ވަނީ އިރާންގެ ގައުމީ ޓީމަށް 109 ލަނޑު ކާމިޔާބު ކޮށް ރެކޯޑް ހަދާފައެވެ.

މި ރެކޯޑް މުގުރާލައި ދުނިޔޭގެ އެންމެ ގިނަ ބައިނަލްއަގްވާމީ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހާސިލު ކުރުމަށް ރޮނާލްޑޯ އަށް އަދި 8 ލަނޑު ޖަހަން ޖެހެއެވެ.

ރޮނާލްޑޯއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯ ވަނީ 5 ފަހަރަށް ހޯދާފައެވެ. ްް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް