އައްޑޫ ސިޓީން ތިންވަނަ މީހަކު ޕޮޒިޓިވް ވެއްޖެ، މިފަހަރު އަންހެނެއް

އައްޑޫ ސިޓީން ތިންވަނަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫއިން ފު...

09 Aug 2020 | 17:45

އައްޑޫ ސިޓީން ތިންވަނަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޯވިޑްއަށް ޓެސްޓު ކުރި  58 އަހަރުގެ ދިވެހި އަންހެނަކު ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައި ކަމަށާއި މީނާގެ ޓެސްޓު ހަދާފައިވަނީ 9 އޮގަސްޓުގައި ކަމަށެވެ.

ތިންވަނަ މީހަކު ޕޮޒިޓިވް ވެފައިވާއިރު، އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކުވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވެއވެެ. އަދި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކުވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

އައްޑޫ ސިޓީން ކޯވިޑް-19ގެ ތިން ކޭސް ފެނިފައިވާއިރު އައްޑޫ ސިޓީ ހިތަދޫ މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް