ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 1،045 މުވައްޒަފަކަށް އެލަވަންސް ދޫކޮށްފި އެވެ.
މިކަން ހާމަ ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރެއްވި ޓުވީޓެއްގައި އެވެ. މިނިސްޓަރު ވިދާޅުވީ އިތުރު 825 މީހަކަށް އެލަވަންސް ދޫކޮށްފައިވާ ކަމަށާއި އެއ ީ10.4 މިލިއަން ރުފިޔާ ކަމަށެވެ.
މިހާތަނަށް ޖުމްލަ 1،045 މުވައްޒަފަކަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 13.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އެއީ މާޗް، އޭޕްރިލް މެއި އަދި ޖޫން މަހުގެ އެލަވަންސް އެވެ.
މިނިސްޓަރު ވިދާޅުވީ ފްރޮންޓްލައިންގައި މަސައްކަތް ކުރި އިތުރު މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެލަވަންސް އެންސްޕާ މެދުވެރިކޮށް ދޫކުރަމުންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
https://twitter.com/iameeru/status/1292508003975827457
ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ދެނީ ދުވާލަކަށް 500 ރުފިޔާ އެވެ. މި އެލަވަންސް ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރި މީހުންނަށްވެސް ދޫކުރާނެ އެވެ.
އެމީހުން ޖެހެނީ އެތަންތަނުގެ އޮއފީސް މެދުވެރިކޮށް ފޯމް ފުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް