ކޯވިޑް-19 އަށް އިތުރު 143 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލުމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއދު ޕޮސިޓިވްވެފައިވަނީ 107 ދިވެހިންނާއި 36 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ 28 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަ މީހަކާއި ނޭޕާލް ދެ މީހެކެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން140 މީހުން ޕޮސިޓީވްވެފައިވަނީ މާލޭ ސިޓީންނެވެ. އަނެއް ތިން މީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވި މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހޯމް ކަރަންޓީންގައި ތިބި ދެ މީހަކާއި ބ. ކަމަދޫ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.
މިއަދު ހަވީރު 6:00 ގެ ނިޔަލަށް ކޯވިޑަށް ފަރުވާ ދެމުން ދިޔައީ 2،218 މީހުންނަށެވެ. އޭގެ ތެރެއިން 129 މީހަކަށް ފަރުވާ ދެމުން ދަނީ ކޯވިޑް ފެސިލިޓީތަކުގައި އެޑްމިޓް ކޮށްގެންނެވެ.
ކޯވިޑަށް ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން 2،804 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހިފައިވަނީ 5،041 މީހަކަށެވެ. އޭގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައި އެވެ.
https://twitter.com/HPA_MV/status/1292505853652869120
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް