އެންގުންތައް ބިނާކުރަނީ އެޗްޕީއޭގެ ނިންމުންތަކާ އެއްގޮތަށް: ޓުއަރިޒަމް މިނިސްޓްރީ

ކޯވިޑް-19 އާއި ގުޅިގެން ނެރޭ ބަޔާންތަކާއި އެންގުންތައް ބިނާކުރަނީ އެޗްޕީއޭގެ ނިންމުންތަކާ އެއްގޮތަށް ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އެ މިނިސްޓްރީން ވަ...

09 Aug 2020 | 14:10

ކޯވިޑް-19 އާއި ގުޅިގެން ނެރޭ ބަޔާންތަކާއި އެންގުންތައް ބިނާކުރަނީ އެޗްޕީއޭގެ ނިންމުންތަކާ އެއްގޮތަށް ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އެ މިނިސްޓްރީން ވަކި ގޮތަކަށް އަންގަންދެން ރިސޯޓުތަކާއި ފަތުރުވެރިންނަށް ހިދުމަތްދޭ ފެސިލިޓީސްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުމަކީ މަނާކަމެއް ކަމަށް އެ މިނިސްޓްރީން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައިވަނިކޮށެވެ.

މިނިސްޓްރީގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި މެނޭޖްމަންޓްތަކުން، މި ވޭތުވެދިޔަ ދުވަސްތަކުގައި، އެޗްޕީއޭއިން އަދި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށާއި އެންގުންތަކަށް ކިޔަމަންވެ ބޯލަނބައި، ކެތްތެރިކަމާއެކު ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް