މިއަދު ކުރި ވިއްސާރައިގާ މާލެ ސިޓީ ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިންގެ، ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ކުރަން ފަށައިފިއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން އެސްޓީއޯ ފުށް ގުދަން ސަރަހައްދުގައި ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ކުރަމުން އަންނަ ކަމަށެވެ.
މިއަދު ހަވީރު 04:30 ހާއިރުން ފެށިގެން އިރު އޮއްސެންދެން ފުދޭވަރަކަށް ބޯކޮށް، މާލެ ސަރަހައްދަށް ވާރޭ ވެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް