އައްޑޫ ސިޓީ ހިތަދޫ މޮނީޓަރިން ހާލަތަށް

އައްޑޫ ސިޓީ ހިތަދޫން ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެ ރަށް މިއަދު މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ. އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރަ...

09 Aug 2020 | 11:07

އައްޑޫ ސިޓީ ހިތަދޫން ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެ ރަށް މިއަދު މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.

އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސާދިގަށް އެޑްރެސް ކުރައްވާ އެންގި އެންގުމުގައި ބުނެފައިވަނީ ކޯވިޑް-18 އާއި ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ސ. ހިތަދޫ މޮނީޓަރިން ހާލަތަށް ގެންދެވޭ ކަމަށާއި އެގޮތުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް މޮނީޓަރ ކުރުމަށެވެ.

"އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން، ރަށަކީ، މި ލިޔުން ނެރެފައިވާ ވަގުތުން ފެށިގެން މޮނީތަރ ކުރެވެމުންދާ ރަށެއް ކަމަށް ކަނޑައަޅައިފީމެވެ" އެ އެންގުމުގައި ބުނެފައިވެއެވެ.

އެންގުމުގައި އިތުރަށް ބުނެފައިވަނީ މޮނީޓަރ ކުރުމާ ގުޅިގެން މި އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މި ކަމުގައި ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރާނެ ފަރާތެއް ކަނޑައެޅުމަށްވެސް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް