ހދ. ނެއްލައިދޫ ބަނދަރުގެ މަރަމާތާއި ފަޅު ފުންކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިއްޖެ އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ އެ ރަށު ބަނދުގެ މަސައްކަތްތަކުގެ ތެރެއިން ބަނދަރު މަރާމާތު ކުރުމުގެ 30 ޕަސެންޓާއި ފަޅު ފުންކުރުމުގެ 45 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ އަދަދުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި، 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރާނެ އެވެ. 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 224 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި ގްރޯންސް ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާނެ އެވެ.
އަދި 2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަމަ ދުވަހު އެވެ. މި މަޝްރޫޢުއަށް 47,623,290.28 ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް