ގަލޮޅު ދަނޑުކައިރިއަށް އެއްވި ބިދޭސީންތަކެއް ފޮނުވާލައިފި

ގަލޮޅު ފުޓުބޯޅާ ދަނޑު ކައިރިއަށް އެއްވި ބިދޭސީންތަކެއް ފުލުހުން ފޮނުވާލައިފި އެވެ. ފުލުހުން ބުނީ އެ ސަރަހައްދަށް އެއްވާން ބިދޭސީ މަސައްކަތްތެރިންތަކެއް އުޅުނު ކަމަށެވެ. އެކަމަކު ފުލުހުން އެމީހުން ފޮނު...

09 Aug 2020 | 07:26

ގަލޮޅު ފުޓުބޯޅާ ދަނޑު ކައިރިއަށް އެއްވި ބިދޭސީންތަކެއް ފުލުހުން ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ އެ ސަރަހައްދަށް އެއްވާން ބިދޭސީ މަސައްކަތްތެރިންތަކެއް އުޅުނު ކަމަށެވެ. އެކަމަކު ފުލުހުން އެމީހުން ފޮނުވާލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން އެތަނަށް އެއްވީ ބޮޑު ކިޔޫއެއް ހަދާފައި އެވެ. އަދި ކިޔޫ ހަދައިގެން ތިބީ އެނބުރި ގައުމަށް ދާން ނަންނޯޓު ކުރުމަށް ކަމަށް އެ ސަރަހައްދަށް ދިޔަ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

އެކަމަކު އެފަދަ އެއްވެސް ޕްރޮގްރާމެއް ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި ފަހުން އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންގޮސްފައެއް ނުވެ އެވެ. އެ މިނިސްޓްރީން މިއަދު މީޑިއާގައި ބުނީ އެމީހުން އެތަނަށް އެއްވީ އަމިއްލައަށް ކަމަށާއި ގައުމަށް ދާން ބޭނުންވާ މީހުން ރެޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއް ގަލޮޅު ދަނޑުގައި މިއަދު ކުރިޔަށް ނުގެންދާ ކަމަށެވެ.

މިފަހަކަށް އައިސް ބިދޭސީން ތަންތަނަށް އެއްވެ ދެކޮޅުވެރިކަން ދެއްކުމުގެ ގޮތުން އެއްވުންތައް ބާއްވާތަން ފެނެ އެވެ. އަދި ބައެއް ބިދޭސީން މުޒާހަރާކޮށް ދިވެހިން ރަހީނު ކުރުމާއި ފުލުހުންނަށް ހަމަލާ ދިނުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައި އެވެ.

މި އެއްވުންތައް ބާއްވަނީ މުސާރަ ނުލިބުމާއި އެނބުރި ގައުމަށް ދެވޭނެ ގޮތެއް ނެތިގެން ކަމަށް އެމީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް