ސުޝާންތު ދިން އެއްޗަކަށް ރިއާ އަތުގައި އޮތީ ފެންފުޅިއަކާއި ޝުކުރުގެ ނޯޓެއް!

ސުޝާންތު ސިންގް ރާޖްޕުޓް އަމިއްލަ އަށް މަރުވެފައިވާއިރު ލޯބިވެރިޔާ ރިއާ ޗަކްރަބަތީއަތުގައި އޭނާ ދިން އެއްޗަކަށް އޮތީ ފެންފުޅިއަކާއި ޝުކުރުގެ ނޯޓެއް ކަމަށް ބުނެފި އެވެ. ސުޝާންތުގެ ބައްޕަ ކޭކޭ ސިންގް ވަ...

09 Aug 2020 | 04:51

ސުޝާންތު ސިންގް ރާޖްޕުޓް އަމިއްލަ އަށް މަރުވެފައިވާއިރު ލޯބިވެރިޔާ ރިއާ ޗަކްރަބަތީއަތުގައި އޭނާ ދިން އެއްޗަކަށް އޮތީ ފެންފުޅިއަކާއި ޝުކުރުގެ ނޯޓެއް ކަމަށް ބުނެފި އެވެ.

ސުޝާންތުގެ ބައްޕަ ކޭކޭ ސިންގް ވަނީ އޭނާގެ މަރުގެ މައްސަލައިގަ ރިއާ އާއި ދެކޮޅަށް ބިހާރު ފުލުހުންނަށް މައްސަަލަ ހުށަހަޅާފައި އެވެ. އެ މައްސަލައިގަ ބުނެފައިވަނީ ރިއާ މަސައްކަތް ކުރީ ސުޝާންތުގެ ފައިސާ އަތުލައި ނުހައްގު މުއްސަނދި ކަމެއް ހޯދަން ކަމަށާއި، ސުޝާންތު އަމިއްލައަށް މަރުވީ ރިއާ ލޯބީގެ ދަލުގައި ޖައްސައިގެން މަޖުބޫރުކޮށްގެން ކަމަށެވެ.

ފެންފުޅި އާއި ނޯޓުގެ ފޮޓޯއެއް ލުމަށް ފަހު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސުޝާންތު އޭނާއަށް ދިން އެއްޗަކަށް އަތުގައި އޮތީ އެ އެއްޗެހި އެކަނިކަމަށެވެ. އެ ނޯޓުގައި ސުޝާންތުގެ ދިރިއުޅުމުގައި ރިއާ، ރިއާގެ މަންމަ، ރިއާގެ ބައްޕަ އަދި ރިއާގެ ފިރިހެން ކޮއްކޮގެ އިތުރުން ސުޝާންތުގެ ކުއްތާ ވާތީ ޝުކުރުވެރިވާ ކަމަށް ބުނެފައިވެ އެވެ.

ކަޅު ކުލައިގެ އެ ފެންފުޅީގައި ސުޝާންތު މަރުވުމުގެ ކުރިން އެންމެ ފަހުން ފެނިގެންދިޔަ ފިލްމުގެ ނަން ޖަހާފައިވެ އެވެ.

އެއީ ސުޝާންތުގެ ލިޔުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު މި ނޯޓު އާންމު ކުރުމުން ރިއާއަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ރިއާއަށް ސުޝާންތުގެ އާއިލާއިން ކުރާ ތުހުމަތުތަކާއި ގުޅިގެން މިހާތަނަށް ބަޔާން ދޭން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ނުވާކަމަށް ރިއާގެ ގާނޫނީ ވަކީލު ބުނެ އެވެ. ރިއާގެ ގާނޫނީ ވަކީލު ބުނެފައިވާގޮތުގައި ސުޝާންތުގެ މަރާއި ރިއާ އާއި އެއްވެސް ގުޅުމެއް ނުވާ ކަމަށާއި އެއީ ހުސް ވާހަކަތަކެއް ކަމަށެވެ.

ސުޝާންތު ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު މުމްބާއީގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް