އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކު އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އައްޑޫ ސިޓީން ދެވަނަ މީހަކުވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ ބިދޭސީއެކެވެ. އެ ބިދޭސީއަކީވެސް ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެ ބިދޭސީއަކީ އައްޑޫ ހައި ސްކޫލްގެ ހޯލު އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނީގެ ބިދޭސީއެއް ކަމަށާއި، ޕޮޒިޓިވްކަން އެނގުނީ އެކްޒިޓް ސާމްޕަލުން ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށެވެ.
އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު މިއީ ޖެހިޖެހިގެން އައްޑޫ ސިޓީން ޕޮޒިޓިވް ދެ ކޭސް ފެނުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް އައްޑޫ ސިޓީން ޕޮޒިޓިވް އެއް ކޭސް ފެނިފައިވެއެވެ. ނަމަވެސް އެއީ ކަރަންޓީނު ފެސިލިޓީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް