އުތުރަށް ރީނދޫ ސަމާލު، 50 މޭލަށް ވައި ގަދަވެދާނެ

ގުގުރުމާއެކު ބޯކޮށް ވާރޭވެހުން، އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށް އުތުރުގެ ހަތް އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވ...

09 Aug 2020 | 02:36

ގުގުރުމާއެކު ބޯކޮށް ވާރޭވެހުން، އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށް އުތުރުގެ ހަތް އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މި ސަމާލުގެ ވަގުތު ހެނދުނު 07:45 އިން ހެނދުނު 11:45 އަށް ދެމިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އުތުރަށް ރީނދޫ ސަމާލު ނެރެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ. އަދި މިއަދު މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް