މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝްގެ 224 ކިލޯއާއެކު ސައުދީ އަރަބިއްޔާއިން ދެ އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ސައުދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ވިނަ އާއި ގޮވާމުގެ ބާވަތެއް އުފުލާ ޓްރަކެއްގައި ފޮރުވާފައި ހުއްޓައެވެ. މި ތަކެތި އަތުލައިގަނެވުނީ ސައުދީ އަރަބިއްޔާގެ ހުޅަނގު ދެކުނު ސަރަހައްދެއް ކަމަށްވާ ޖަޒާން އިން ކަމަށްވެސް ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގައި، އެ ޓްރަކް ދުއްވަން އިން ފިރިހެން މީހާއާއި އެހީތެރިންގެ ގޮތުގައި ތިބި ދެ އަންހެނަކު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާކަމަށް ސައުދީ ފުލުހުން ބުނެއެވެ. އަދި މި އޮޕަރޭޝަނަކީ ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަނެވުނު އޮޕަރޭޝަން ކަމުގައި ސައުދީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް