މުޅި ދުނިޔެ ކުޑަކަކޫ ޖައްސާފައިވާ، ކޯވިޑް-19 ވައިރަހަށް އަދިވެސް ވެކްސިނެއް ނުލިބޭތީ ބޮލީވުޑް ޖޯޑު، ރިޗާ ޗައްދާ އާއި އަލީ ފަޒަލްގެ ކައިވެނި އަނެއްކާވެސް ފަސްކޮށްފިއެވެ.
މި ދެ ލޯބިވެރިންގެ ކައިވެނި މި އަހަރު ދެ ފަހަރަކު ބާއްވަން ޕްލޭން ކޮށްފިއެވެ. ނަމަވެސް ކޯވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނާތީ ކައިވެނި ވަނީ ދެ ފަހަރުވެސް ފަސްކޮށްފައެވެ.
އެންމެ ފުރަތަމަ މި ދެތަރިން ކައިވެނި ކުރަން އުޅުނީ މި އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް އޭރު އިންޑިއާ ފުރަބަންދު ކުރުމުން ކައިވެނި އޭޕްރީލަށް ފަސްކުރިއެވެ. އޭޕްރީލަށް ފަސްކުރުމަށްފަހު ތާރީހެއް ކަނޑަނާޅާ އޮތުމަށްފަހު މި ދެތަރިން މިހާރު ބުނާގޮތުގައި ދެން ކައިވެނި ކުރާނީ އަންނަ އަހަރުގައެވެ.
އަލީ ފަޒަލް ރިޗާއަށް ކައިވެންޏަށް ހުށަހަޅާފައިވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ކުރި ދަތުރެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް