ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނިކޮށެ ފިލި މީހުން ރަނގަޅުވި ކަމަށް ބަލައި ހޯދުން ހުއްޓާލައިފި އެވެ.
ބަލި ޖެހިފައި ވަނިކޮށް ފިލާފައިވަނީ ބަންގްލަދޭޝް ބައެކެވެ. އޭގެ ތެރެއިން ބައެއް މީހުން ހޯދާފައިވާއިރު 15 މީހަކު އަދިވެސް ނުފެނެ އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓާލީ ބައްޔަށް ޕޮސިޓިވްވިކަން އެނގުނުތާ 21 ދުވަސް ހަމަވުމުންނެވެ. އޭނާ ވިދާޅުވީ ކޯވިޑަށް ފަރުވާ ދިނުމުގައި އަމަލު ކުރަމުންދާ އުސޫލަށް ބަލާއިރު އެމީހުން މިހާރު ތިބޭނީ ބަލިން ރަނގަޅުވެފައި އެވެ.
މީގެ ތެރެއިން ބައެއް މީހުން ފިލާފައިވަނީ ކޯވިޑަށް ޕޮސިޓިވްވުމުން ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީން ފެސިލިޓީތަކާއި ކޮންޓެއިންމެންޓު ސައިޓުތަކަށް ގެންދިޔަ ފަހުންނެވެ.
އެކަމަކު އެމީހުން ހޯދަން ފުލުހުން އިއުލާނުކޮށްފައެއް ނުވެ އެވެ.
ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ފިލި މީހުންނަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް