އަހަރީ ފީ ނުދައްކައިގެން، 4،900 އަށް ވުރެ ގިނަ ކުންފުނި އުވާލައިފި

އަހަރީ ފީ ނުދައްކައިގެން، 4،900 އަށް ވުރެ ގިނަ ކުންފުނި އިކޮނޮމިކް މިނިސްޓްރީން އުވާލައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ކުންފުނި އުވާލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައ...

09 Jul 2020 | 18:32

އަހަރީ ފީ ނުދައްކައިގެން، 4،900 އަށް ވުރެ ގިނަ ކުންފުނި އިކޮނޮމިކް މިނިސްޓްރީން އުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ކުންފުނި އުވާލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތައް ކަނޑައަޅައި، 1979 އިން 2018 ގެ ނިޔަލަށް ޖުމްލަ 6،050 ކުންފުންޏެއް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

އެއިން ކުންފުންޏެއް ހިންގަން ބޭނުންވާނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް ފުރިހަމަކުރުމަށްފަހު އެންގުމަށް އެދި، 20 ޖޫން 2019 އިން 3 ޑިސެމްބަރ 2019 އާ ދެމެދު އިއުލާނުކޮށްފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިގޮތުން، މިނިސްޓްރީން ކުރި އިއުލާނުތަކާ ގުޅިގެން، ޖުމްލަ 111 ކުންފުންޏެއް ހިންގުމަށް ބޭނުންވާކަމަށް އެ ކުންފުނިތަކުން އަންގާފައިވެ އެވެ. މީގެ އިތުރުން، މިނިސްޓްރީން ކުރި އިޢުލާނުތަކާ ގުޅިގެން 1،017 ކުންފުންޏަކާގުޅޭ އެކި މައްސަލަތައް ހުށަހަޅާފައިވާކަމަށް އެ އިއުލާނުގައި ބުންޏެވެ.

އަދި އިއުލާނުތަކާ ގުޅިގެން، އުވާލުމަށް ރެކޯޑުކުރެވިފައިވާ 6،050 ކުންފުނީގެ ތެރެއިން 4،924 ކުންފުނި އުވާލުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު، އުވާލިކަން އަންގައި، އުވާލި ކުންފުނިތަކުގެ ނަން އާންމުކޮށް ޝާއިއުކުރެވިފައިވާނެކަމަށް މިނިސްޓްރީން އިތުރަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް