ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 36 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އަލަށް ޕޮސިޓިވްވެފައިވަނީ 33 ދިވެއްސަކާއި ތިން ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝް ދެ މީހުންނާއި އިންޑިއާ މީހެކެވެ.
މިއަދު ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅާފައިވަނީ 47 މީހެކެވެ. މިހާޜު ބައްޔަށް ފަރުވާ ދެމުންދަނީ 306 މީހަކަށެވެ.
މިއަދަކީ މި ފަހަކުން އެންމެ ގިނަ ދިވެހިން އެއްދުވަހާއި ޕޮސިޓިވްވި ދުވަހެވެ. މިހާތަނަށް ރާއްޖޭގައި ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 910 ދިވެހިންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 2،553 މީހުންނެވެ. އޭގެ ތެރެއިން13 މީހަކު މި ބަލީގައި މަރުވެފައިވެ އެވެ.
މަރުވެފައިވަނީ ހަތް ދިވެހިންނާއި ފަސް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕިންސް މީހެކެވެ.
https://twitter.com/HPA_MV/status/1281278721022976010
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް