ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް އަންގައިފި އެވެ.
އަލީ ވަހީދަށް އެ މަގާމުން އިސްތިއުފާދެއްވަން އަންގާފައި މިވަނީ އެޕާޓިގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގެން ހުންނަވާ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ. މި މައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކޮށްފައި އެވެ.
އަލީ ވަހީދު ޖޭޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އެންގެވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. މިކަން ޖޭޕީގެ ކައުންސިލް މެމްބަރަކު ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ
އަލީ ވަހީދު އިސްތިއުފާ ދެއްވަން ގާސިމް އެންގެވި އިރު އޭނާ ޖޭޕީގެ ރައީސް ކަމުން ވަކި ކުރުމަށް ޕާޓީ ކައުންސިލަށްވެސް މިއަދު ހުށަހެޅި އެވެ.
އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ރޭގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް