މާދަމާއި ފެށިގެން މާލޭ ސިޓީގައި ހުކުރު ނަމާދު ކުރަން ފަށާނެ

މާދަމާއިން ފެށިގެން މާލޭ ސިޓީގައި ހުކުރު ނަމާދު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ފަރުޟު ފަސް ނަމާދު ހުކުރު ނަމާދު ޖަމާ...

09 Jul 2020 | 08:08

މާދަމާއިން ފެށިގެން މާލޭ ސިޓީގައި ހުކުރު ނަމާދު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ފަރުޟު ފަސް ނަމާދު ހުކުރު ނަމާދު ޖަމާއަތުގައި ކުރުން ހުއްޓާލީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. ކޯވިޑްގެ ހާލަތަށް ބަލަދު އައިސްފައިވާތީ އެޗްޕީއޭއިން ދިން ލުއިތަކާއި އެކު މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަރުޟު ފަސް ނަމާދު ޖަމާއަތުގައި ކުރަން ވަނީ ފަށާފައި އެވެ.

އެކަމަކު އެޗްޕީއޭގެ ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށް ފަހު އިސްލާމިކް މިނިސްޓްރީން ނިންމީ ހުކުރު ނަމާދު ކުރުން އެދުވަހު ނުފެށުމަށެވެ. މިއަދު އެ މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް ފަހު އެހެން އިސްލާމީ ގައުމުތަކުގައި މިސްކިތްތައް ހުޅުވައި ޖަމާއަތުގައި ނަމާދު ކުރަމުންދަނީ އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެންނެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރާނީ ކައިރި ކައިރީގައި ތިބެގެން ކަމަށެވެ.

ދުރުދުރުގައި ތިބެގެން ޖަމާއަތުގައި ނަމާދު ކުރުން ކަމަށް ނުބެލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގޭ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވާއިރު އަމަލު ކުރަން ޖެހޭ ގަވައިދުތަކެއް އެޗްޕީއޭ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އާންމުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް