ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެމީހާއަކީ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު މިދިޔަ މަހުގެ 26ގައި ޑިސްޗާޖްކޮށްފައިވާ މީހެއް ކަމަށާއި، އެކްޓިވް ސަވައިލެންސްގެ ދަށުން އޭނާ ކޯވިޑް-19 އަށް ޓެސްޓް ކޮށްފައިވަނީ މި މަހުގެ ތިނެއްގައި ކަމަށެވެ.
"މިމަހުގެ ތިނެއްގައި ޓެސްޓް ހެދީ، ރަށަށް ގޮސް ހޯމް ކަރަންޓީނުވީ މި މަހުގެ ހައެއްގައި" ތަސްލީމާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް