ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) ގެ އޮފިޝަލަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެފްއޭމްގެ މުވައްޒަފުންނާއި، އެފްއޭއެމްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ބައިވެރިވި ނޫސްވެރިން ގޭގައި އެކަހެރިވާން އެޗްޕީއޭ އިން އަންގައިފި އެވެ.
އެކަހެރިވާން އަންގާފައިވަނީ، އެ ދުވަހު ހަވީރު އޮތް އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށެވެ. އެފްއޭއެމްއިން ކޯވިޑް-19 އަށް މުވައްޒިފު މިހާރު ކަރަންޓީން ފެސިލިޓީސްއެއްގައި ހުރި އިރު، އެފްއޭއެމް ކޮންގްރެސްގައި ވެސް އެ އޮފިޝަލް ބައިވެރިވިއެވެ.
ކޯވިޑް-19 އަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ، އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުގެ ދެދުވަސް ކުރިން އޭނާ އާއި ސީދާ ދިމާވެފައިވާ މީހުން 14 ދުވަހުގެ ކަރަންޓީންގައި ތިބެންޖެހޭކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.
އެފްއޭއެމްގެ ކޮންގްރެސް ވެސް ބާއްވާފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އެއިވެންޓްގައި ނޫސްވެރިން ވެސް ބައިވެރި ކުރީ ހަމައެކަނި އިވެންޓް ލައިވް ކުރަން ބޭނުންވާ އަދަދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް