އިސްތިއުފާ ނުދެއްވުމުން ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކޮށްފި

ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކޮށްފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓުރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރައްވާފައި މިވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ފުރ...

09 Jul 2020 | 06:34

ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓުރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރައްވާފައި މިވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ރޭ ދެއްވުމަށް ފަހު އެވެ.

އޭނާއަށް މަގާމުން އިސްތިއުފާދެއްވުމަށް ރައީސް އެންގެވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓޫރިރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ކުރުމުން ނެވެ.

އިސްތިއުފާދެއްވުމަށް ރައީސް އެންގެވުމުން ކުރެއްވި ޓުވީޓެއްގައި އަލީ ވަހީދު ވިދާޅުވެފައިވަނީ “މި ދުވަސްވެސް ހިނގައިދާނެ” ކަމަށް ލިޔުއްވައި ވިދާޅުވެފައިވަނީ ގައުމާއި ރައްޔިތުންނަށް ހިދުމަތް ކޮށްދެއްދެވުނީތީ ފަހުރުވެރިވާކަމަށާއި ތެދު އަދި ހާމަވާނެ ކަމަށެވެ. އެކަމަކު މަގާމުން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެފައެއް ނުވެ އެވެ.

https://twitter.com/MvSpokesperson/status/1281113609502785536

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ ރޭ ފުލުހުންނަށްވެސް ހުށަހަޅާފައިވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް