ގެމްގެ ރައީސް މޫސާ ނަސީހު މަގާމުން އިސްތިއުފާ ދެއްވައިފި

ގެސްޓު ހައުސް އެސޯސިއޭޝަން މޯލްޑިވްސް (ގެމް) ގެ ރައީސް މޫސާ ނަސީހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ އާއި ގުޅިގެން ނަސީހު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ޖޫން 23 ވަނަ ދުވަހ...

09 Jul 2020 | 06:21

ގެސްޓު ހައުސް އެސޯސިއޭޝަން މޯލްޑިވްސް (ގެމް) ގެ ރައީސް މޫސާ ނަސީހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ އާއި ގުޅިގެން ނަސީހު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ޖޫން 23 ވަނަ ދުވަހު ހުށަހެޅާފައިވާ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީއިން ބެލުމަށްފަހު ހިންގާ ކޮމެޓީއަށް ހުށަހެޅުނު ކަމަށާއި، ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ކަނޑައެޅުމުން އިތުރަށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި ހުރިމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ފަރާތުން މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ލިބުނު ވާހަކަތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވައިފައެވެ.

ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އަދި މިހާތަނަށް އިސްތިއުފާ ދެއްވަން އެންގެވީ މިނިސްޓަރު އަލީ ވަހީދަށެވެ. އިތުރު އެއްވެސް ބޭފުޅަކަށް މިފަދަ ތުހުމަތެއްގައި އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް