އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތް މިއަދު ބާއްވަން ތާވަލްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ޖުމްލަ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ. އަދީބު...

09 Jul 2020 | 06:18

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ޖުމްލަ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ޝަރީޢަތް މިއަދު 13:00 ގައި އަދީބުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލް ކޮށްފައެވެ.

މިއަދު ޝަރީޢަތް ބާއްވާ މައްސަލަތުގައި އަދީބުގެ މައްޗަށް އާ ދައުވާތަކެއް ކުރަން ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެމްއެމް ޕީއާރްސީ މައްސަލައިގައި އަދީބު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

އެއެއްބަސްވުމުގެ ދަށުން އަދީބު ކުށަށް އިއުތިރާފުވެ، ފުލުހުންނަށާއި ޕީޖީ އަށް ޝަރީޢަތައް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާއިރު، އެކަމުގެ ބަދަލެއްގެ ގޮތުން އަދީބުގެ އަދަބު ކުޑަކޮށްދިނުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް