އަލީ ވަހީދު ޖެޕީގެ ރައީސް ކަމުން ވަކިކުރުމަށް ކައުންސިލަށް ހުށަހަޅައިފި

އިއްޔެ ފެންމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލަ އާއި ގުޅިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސްކަމުގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށް ކައުންސިލަށް ހުށަހަޅައިފިއެވެ. ޕ...

09 Jul 2020 | 06:13

އިއްޔެ ފެންމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލަ އާއި ގުޅިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސްކަމުގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށް ކައުންސިލަށް ހުށަހަޅައިފިއެވެ.

ޕާޓީގެ ކައުންސިލް މެންބަރަކު، ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށައަޅާފައިވާ ކުއްލި މައްސަލާގައި ބުނެފައިވަނީ އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ރައީސް ޞާލިހް އަންގަވާފައި ވުމުން ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް ފެނޭތޯ ބެލުމަށް ހުށަހަޅާ ކަމަށެވެ.

އަދި އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވި އެންގެވުމަކީ އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީގޯނާގެ ސީރިއަސް ތުހުމަތެއް ކަމަށް ބައްލަވާ އޭނާ މިނިސްޓަރުކަމުން ވަކި ކުރުމަށް ރައީސް އަށް މަޖުބޫރުވުމަކީވެސް އެ މައްސަލަ ހުށައަޅާ ސަބަބެއް ކަމަށްވެސް މެމްބަރުގެ ހުށައެޅުމުގައި ބުނެފައިވެއެވެ.

މެންބަރު ހުށަހެޅި ލިޔުމުގައި އިތުރަށް ބުނެފައިވަނީ، މައްސަލަ ހުށަހެޅީ ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކައުންސިލް މެމްބަރު އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭގޮތުން އަހްލާގީ މިންގަޑުންބޭރުވެ ބޭއަދަބީބަސްތައް ބޭނުންކޮށް ފުރައްސަރަކޮށްފައިވާ އޯޑިއޯތަކެއް ލީކުވެ އެ މައްސަލައަށް ފިޔަވަޅު ނޭޅި އުޅެނިކޮށް ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުން ކަމަށެވެ.

މުހިއްމު ކަމެއް ގޮތުގައި ފާހަގަ ކުރައްވާ މެމްބަރު ހުާއެޅުމުގައި ބަޔާންކޮށްފައިވަނީ، ޖިންސީ ގޯނައިގެ ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރެވިފައިވަނިކޮށް ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ ބެހެއްޓުމަކީ ޕާޓީގެ މައިގަޑު މަގްސަދާއި ހިލާފުވެ އެޕާޓީއާއި މެދު މީހުން ދެކޭގޮތް ބަދަލުވެ ޕާޓީއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް