ހުޅުމާލެ އަދި މާލޭގައި ހުރި ކެމިސްޓްރީ ފިހާރައިން ވިޔަފާރި ކުރައްވައިގެން ބެންކޮކަށް ދެ ބޭފުޅެއްގެ ދެކޮޅު ޓިކެޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސްގެ ބާވަތްތައް އަދި އަންހެން ކަނބަލުން ޒީނަތްތެރިވުމަށް ބޭނުންވާ އެހެނިހެން ބާވަތްތައް ވިއްކަމުން އަންނަ ކެމިސްޓްރީން ފިހާރައިން މި ޕްރޮމޯޝަން ފަށާފައިވަނީ މި ހަފްތާގެ ތެރޭގައެވެ.
ދުވަހަށް މައުލޫމާތުދެމުން ކެމިސްޓްރީން ބުނީ 200 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިލައްވާނެ ކަމަށާއި ޕްރޮމޯޝަންގައި ބައިވެރިވަލައްވައިގެން ނަސީބުން ހޮވޭ އެއް ފަރާތަކަށް، ދެ ބޭފުޅެއްގެ ބެންކޮކް ދެކޮޅު ޓިކެޓު ލިބިގެންދާނެ ކަމަށެވެ.
ކެމިސްޓްރީގެ މާލޭ ފިހާރަ ހުންނަނީ އަމީރުއަހްމަދު މަގުން، ނަސަންދުރަ ފުރަގަހުގައެވެ. ހުޅުމާލެ ފިހާރަ ހުންނަނީ ހުޅުމާލޭގައި ބޮކަރުމާހިގުން ރެހެންދި ސްކޫލު ދެކުނު މަގުގައެވެ.
ކެމިސްޓްރީ ފިހާރަތަކުން ހެދުމާއި، ނަން ހުސްކޮށް ކޮސްމެޓިކްސް އާއި ގޭތެރޭގައި ބޭނުންކުރާ ސާމާނުގެ އިތުރުން އަންހެން ވެރިންގެ ގާމެންޓްސް، ސްޕޯޓްސް ގާމެންޓްސް، އަންޑަރ ގާމެންޓްސް ހޭންޑް ބޭގް އަދި ފައިވާނާއި ބޫޓުވެސް ލިބެން ހުންނާނެއެވެ. އަދި ގޭތެރެ ޒީނަތްތެރި ކޮށްލަން ބޭނުންވާ ބައެއް ސާމާނާއި ބެޑްޝީޓް ފަދަ ތަކެތިވެސް ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް