މާލޭ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައިވާއިރު، ސްޓެލްކޯގެ ސޭލްސް ސެންޓަރުގެ ހިދުމަތް ދޭންފަށައިފިއެވެ.
އެގޮތުން ކޮންމެ ހަފްތާއެއްގެވެސް އާދީއްތައިން ފެށިގެން ބުރާސްފައްޗާއި ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 02:00 އަށް ސްޓެލްކޯ ސޭލްސް ސެންޓަރުގެ ހިދުމަތް ދެމުންދާނެ ކަމުގައި ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، މި ހާލަތުގައި ހިދުމަތް ދޭއިރު އެތަނަކީ ކަސްޓަމަރުންނާއި، މުވައްޒަފުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންކަތާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.
https://twitter.com/STELCOMALDIVES/status/1270417980472492032
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް