ކޯވިޑް-19 އަށް މިއަދު ރާއްޖޭން 26 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްޕު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި މިއަދު އިރު އޮއްސި 06:00 އާއި ހަމައަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 26 މީހެކެވެ.
ޕޮޒިޓިވްވި 26 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި ބަންގްލަދޭޝަށް ނިސްބަތްވާ ހަތް މީހަކު ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.
މިއަދު 26 މީހަކު ޕޮޒިޓިވް ވުމާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 1942 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް