ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

އިރުމަތީ އެފްރިކާގެ ގައުމެއް ކަމުގައިވާ ބުރުންޑީގެ ރައީސް ޕިއެރޭ ކުރުންޒީޒާ އަވަހާރަވެއްޖެއެވެ. އެ ގައުމުގެ ސަރުކާރުން ބުނެފައިވާގޮތުގައި އުމުރުން 55 އަހަރުގައި ރައީސް ކުރުންޒީޒާ އަވަހާރަވީ ހާޓް އެޓޭކ...

09 Jun 2020 | 16:38

އިރުމަތީ އެފްރިކާގެ ގައުމެއް ކަމުގައިވާ ބުރުންޑީގެ ރައީސް ޕިއެރޭ ކުރުންޒީޒާ އަވަހާރަވެއްޖެއެވެ.

އެ ގައުމުގެ ސަރުކާރުން ބުނެފައިވާގޮތުގައި އުމުރުން 55 އަހަރުގައި ރައީސް ކުރުންޒީޒާ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.

ކުރުންޒީޒާއަށް ހާޓް އެޓޭކެއް ޖެހުނީ އިއްޔެގެ ވަގުތެއްގައި ވޮލީބޯޅަ މެޗެއް ބަލަން ހުއްޓާކަމުގައިވެސް ބުނެފައިވެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަފަހުން ހާލު ރަނގަޅުވެ މީހުންނާ ވާހަކަދައްކާ ހެދި ކަމަށާއި ކުއްލިއަކަށް ހާލު ގޯސްވެ އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމުގައިވެސް ބުނެފައިވެއެވެ.

ބުރުންޑީގެ ސަރުކާރުން ބުނެފައިވަނީ ގައުމުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ހަތް ދުވަސް ވަންދެން ގައުމު ހިތާމަފާޅުކުރާނެ ކަމަށާއި މި ހަތް ދުވަހު ދިދަތައް ނަގާނީ ބައިދަނޑިއަށް ކަމަށެވެ.

ކުރުންޒީޒާ އަވަހާރަވެފައިވާއިރު އޭނާ އަންނަނީ 2005 އިން ފެށިގެން އެ ގައުމުގައި ވެރިކަން ކުރަމުންނެވެ. އެންމެ ފަހުން އަލުން އިންތިހާބުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އޮތް އިންތިހާބުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް