ކޯވިޑް-19 އާއި ގުޅިގެން އެލައިޑް އިންސުއަރަންސް ކުންފުނީގެ އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތް ދިނުމަށްފަހު، އެ ކުންފުނީގެ އައްޑޫ އޮފީސް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
އެގޮތުން އެ ކުންފުނިން ބުނެފައިވަނީ "އެލައިޑް އައްޑޫ އޮފީސް 09ޖޫން 2020 (މިއަދުން) ފެށިގެން ހަފްތާ ބަންދު ނުން ކޮންމި ދުވަހަކި ހުޅުވިފައި ހިންނެހެއް" ކަމަށެވެ.
ހުޅުވިފައި ހުންނާނެ ގަޑިތަކަކީ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް ކަމުގައި އެލައިޑުން ބުނެފައިވެއެވެ.
އެލައިޑް އައްޑޫ އޮފީސް ހުޅުވާފައިވައި ހިދުމަތް ދޭން ފަށާފައިވާއިރު، ކޯވިޑް-19ގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިނުމާއެކު ވިޔަފާރިތަކާއި އޮފީސްތައް ވަނީ ކޮންމެވެސް ވަރަކަށް ހުޅުވައި، ހިދުމަތްތައް ދޭން ފަށާފައެވެ.
https://twitter.com/alliedmv/status/1270307606402347008
ހިދުމަތް ދިނުމުގައި ކުންފުނިތަކާއި އޮފީސްތަކާއި ހިދުމަތްދޭ އެހެނިހެން ތަންތަނުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުތަކަށް ބޯލެނބުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް