އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ހަތް ބޭފުޅަކު އައްޔަން ކުރައްވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ރައީސުލޖުމްހޫރިއްޔާ މިއަދު ހަތް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭ ބޯޑުގެ އާ މެމްބަރުން 01- (ރައީސް) އައްޝ...

09 Jun 2020 | 14:00

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ރައީސުލޖުމްހޫރިއްޔާ މިއަދު ހަތް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭ ބޯޑުގެ އާ މެމްބަރުން

01- (ރައީސް) އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ހޯމްއެފެއާޒް

(ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރު)

02- އަލްފާޟިލް މުޙައްމަދު ޝިހާބު އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް / ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

03- އަލްފާޟިލް އަޙްމަދު ސަމީރު މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް

04- އަލްފާޟިލާ ފާޠިމަތު އަފްޝަން ލަޠީފް ޗީފް އެގްޒެކެޓިވް އޮފިސަރ

(ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން)

05- އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް

06- އަލްފާޟިލް އަޙްމަދު ޝަރީފް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް

07- އަލްފާޟިލާ ފާޠިމަތު ނިޢުމާ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު

އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ. މިކަން ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބު އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލުމާ އެކުއެކީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް