އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަރއެއް އިއުލާންކޮށްފިއެވެ.
އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި މި އޮފަރގެ ދަށުން، އެމް.ފައިސާ މެދުވެރިކޮށް ކުރައްވާ ކޮންމެ ޕްރީޕެއިޑް ރީޗާރޖްއަކާއި އެކު ރިޗާރޖް ކުރެއްވި އަދަދުގެ %5 އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެއެވެ. މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް، ސުޕަރނެޓް އަދި ފަސޭހަ ބިލް ދައްކާލުމުން ބިލްގެ %5 ވެސް އަނބުރާ ވޮލެޓަށް ޖަމާވާނެއެވެ. މި އޮފަރ އުރީދޫއިން ތައާރަފް ކޮށްފައިވަނީ، ފުރަބަންދު ލުއިވެގެންދިޔަކަމުގައިވިޔަސް، ރައްކާތެރިކަން އިޚްތިޔާރުކޮށް، ބިލް ދެއްކުން، ރީޗާރޖް ކުރުން ފަދަ ޑިޖިޓަލްކޮށް ފޯރުކޮށްދެވޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބިގަތުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކެވުމަށް:
01- އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ކުރައްވާ http://ore.do/app
02- އެމް-ފައިސާ ސަރވިސަސް އިން "ޕޯސްޓްޕެއިޑް"، "ސުޕަރނެޓް"، "ފަސޭހަ" ނުވަތަ " ޕްރީޕެއިޑް ރީޗާރޖް" ނަންގަވާ
03- ޕްރީޕެއިޑް ނަންބަރު، ޕޯސްޓްޕެއިޑް ނަންބަރު، ސުޕަރނެޓް އައިޑީ ނުވަތަ ފަސޭހަ ނަންބަރު ޖައްސަވާ
04- ބިލްގެ އަދަދު ޖެއްސެވުމަށްފަހު PROCEED އަށް ފިތާލައްވާ
05- ފޯނަށް ލިބިވަޑައިގެންނެވި އޯޓީޕީ ނަންބަރ ޖައްސަވާ ޕޭމަންޓް ޔަގީންކުރައްވާ
06- ބިލަށް ފައިސާ ދެއްކެވުމުން ނުވަތަ ޕްރިޕެއިޑް ރިޗާރޖް ކުރެއްވުމުން، ފައިސާ ދެއްކެވި އަދަދު ނުވަތަ ރިޗާރޖް ކުރެއްވި އަދަދުގެ %5 ވޮލެޓަށް ޖަމާވިކަމުގެ އެސް.އެމް.އެސް އެއް ލިބިވަޑައިގަންނަވާނެއެވެ.
އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:
01- އުރީދޫ އެޕް ޑައުންލޯޑްކުރައްވާ http://ore.do/app
02- އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
03- މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
04- މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
05- ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
06- ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.
07- ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް