މިނިސްޓަރު އަލީ ވަހީދު ފެނިގެންދިޔަ ވީޑިއޯއަށް ހަރަދުވީ 3،000 ރުފިޔާ!

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފަށައިގަތުމަށް ބޭއްވި ވާޗުއަލް އިވެންޓުގައި ދައްކާލި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފެނިގެންދާ ވީޑިއޯއަށް ހަރަދުވީ 3،000 ރުފިޔާ ކަމ...

09 Jun 2020 | 10:48

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފަށައިގަތުމަށް ބޭއްވި ވާޗުއަލް އިވެންޓުގައި ދައްކާލި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފެނިގެންދާ ވީޑިއޯއަށް ހަރަދުވީ 3،000 ރުފިޔާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އެ ވީޑިއޯގަިއ ފެނިގެންދަނީ ކުޑަ ލޯންޗެއްގައި އެކަނި ބޯވާރޭ ތެރޭގައި މިނިސްޓަރު ވަޑައިގެން ރީތި ހިތްގައިމު ފިނޮޅެއްގައި އިންނަވާ މަންޒަރެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އަންނަ މަހު ހުޅުވާލާ ވާހަކަ އާއި އަލުން އެނބުރި އަންނާނެ ކަމަށް ވިދާޅުވެ މިނިސްޓަރުގެ އަޑުން ރާއްޖޭގެ ޓޫރިޒަމާއި ގުޅޭ ވާހަކަތައް ދައްކަވައެވެ.

މި ވީޑިއޯ އާއި ގުޅިގެން ބައެއް މީހުން ދަނީ ކޯވިޑް-19 ގެ މި ހާލަތުގައި ބޮޑު ހަރަދުކޮށްގެން ވީޑިއޯ އެއް ހަދާފައިވާ ކަމަށް ބުނެ މިނިސްޓަރަށް ފާޑު ވިދާޅުވެފައި އެވެ. އަދި އޮންލައިން ނޫހަކުން ވަނީ އިންފޮމޭޝަން ކޮމިޝަނަރު އޮފީސް މެދުވެރިކޮށް އެ ވީޑިއޯ ހަދަން ހަރަދުވި ގޮތުގެ ތަފްސީލް ހޯދަން ހުށަހަޅާފައި އެވެ.

މިކަމާއި ގުޅިގެން އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ވީޑިއޯ ހަދަން ހަރަދުވީ3،000 ރުފިޔާ ނުވަތަ194 ވަނަރަށް ޑޮލަރު ކަމަށެވެ. އެ ފައިސާ ހަރަދުކޮށްފައިވަނީ މިއުޒިކް ހެދުމަށް އެކަނިކަމަށެވެ.

ދެން ހުރި ހުރިހާ މަސައްކަތަކީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށް ވިދާޅުވެފައި ވެ އެވެ. އެގޮތުން މިނިސްޓަރު ވަނީ އެ މިނިސްޓްރީގެ ހަތަރު މުވައްޒަފެއްގެ ނަން ފާހަގަކޮށް ކެމެރާ މަސައްކަތާއި އެޑިޓިން ފަދަ ހުރިހާ މަސައްކަތެއް ކުރީ އެމީހުން ކަމަށް ބުނެފައި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން ރާއްޖޭގެ ހާލަތާއި މެދު ވިސްނާ ކަމަށެވެ.

https://twitter.com/ali20waheed/status/1270227997312708613

އެ ވީޑިއޯ ވަނީ ސޯޝަލް މީޑީއާގައި ބޮޑޫ މަގުބޫލު ކަމެއް ހޯދާފައި އެވެ. އެގޮތުން ފޭސްބުކްގައި 20،000 އަށްވުރެ ގިނަ މީހުން ވީޑިއޯ ބަލާފައިވާއިރު ޓުވިޓާ މެދުވެރިކޮށް 45،000 އަށްވުރެ ގިނަ މީހުން އެ ވީޑިއޯ ބަލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް