ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަނުގެ މުއްދަތު ފަސްކޮށްދީފި

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކުގެ މުއްދަތު ފަސްކޮށްދީފި އެވެ. މިކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަން ލިޖޮންގްއާއެކު ބޭއްވި އޮންލައިނ...

09 Jun 2020 | 08:13

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކުގެ މުއްދަތު ފަސްކޮށްދީފި އެވެ.

މިކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަން ލިޖޮންގްއާއެކު ބޭއްވި އޮންލައިން ބައްދަލުވުމެއްގައި އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް އެހީވާން "ޖީ 20" އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާ ނިންމުގެ ދަށުން ޗައިނާއިން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ލުއި ދޭން ނިންމައި ލޯނުތައް ފަސްކޮށްދޭން ނިންމާފައިވާ 77 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.

އެކަމަކު ލޯނުތައް ދެއްކުން ފަސް ކުރުމާއި ގުޅޭ ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

އެކަމަކު ރާއްޖެއިން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭން ނިންމާފައިވާ ކަމުގެ ޔަގީންކަން ޗައިނާ ސަފީރު މިނިސްޓަރަށް އަރުވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/abdulla_shahid/status/1270037878236573702

ރާއްޖޭގެ ދަޢުލަތުގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 54.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މީގެ ތެރެއިން 22 ބިލިޔަން ރުފިޔާއަކީ ބޭރުގެ ދަރިނި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި 2019 ވަނަ އަހަރު ނިމުނުއިރު ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ މިންވަރު އުޅެނީ 12.7 ބިލިއަން ރުފިޔާގައެވެ. މީގެތެރެއިން 11.8 ބިލިއަން ރުފިޔާއަކީ ބޭރުގެ ލޯނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް