"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" އަށް ބޮޑު ތަރުހީބު

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ރޭ ކުރިޔަށް ގެންދިޔަ ވާޗުއަލް އިވެންޓަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެ އެވެ. "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއ...

09 Jun 2020 | 07:54

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ރޭ ކުރިޔަށް ގެންދިޔަ ވާޗުއަލް އިވެންޓަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.

"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" ނަމުގައި ކުރިޔަށް ގެންދިޔަ މި އިވެންޓުގައި ރާއްޖޭގެ ރީތި މަންޒަރުތަކުގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފާހަގަކޮށްލެވޭ އެއްތައް ބައެއްގެ ޝުއޫރުތައް ގެނެސްދީފައިވެ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފެނިގެންދާ ހާއްސަ ވީޑިއޯ ކްލިޕެއްވެސް އާންމު ކުރި އެވެ.

މި ވީޑިއޯތަކަށް ސޯޝަލް މީޑިއާގައި ދަނީ ބޮޑު ސަމާލު ކަމެއް ލިބެމުންނެވެ. އެގޮތުން ޓުވިޓާގައި އާންމުކޮށްފައިވާ އެ އިވެންޓުގެ ވީޑިއޯ މިހާތަނަށް 41 ހާހަށްވުރެ ގިނަ މީހުން ބަލާފައިވެ އެވެ. އަދި ފޭސްބުކްގައި އާންމު ކުރި ވީޑިއޯ 20،000 އާއި ގާތްކުރާ އަދަދަކަށް މީހުން ބަލާފައިވެ އެވެ.

https://twitter.com/MoTmv/status/1270012249910935554

މި އިވެންޓުގައި ހިޔާލު ފާޅު ކުރި ޓޫރިސްޓުންގެ ތެރެއިން ބައެއް މީހުން ބުނެފައިވަނީ ދޮންވެލި ގޮނޑުދޮށްތަކާއި، ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލުމަށް އަދިވެސް ރާއްޖެ ދާން ބޭނުންވާކަމަށެވެ. އެމީހުންނަށް ރާއްޖެއިން ފެނިފައިވަނީ ދުނިޔޭގެ އެހެން ހިސާބުތަކުން ނުފެންނަ ފަދަ ރީތި މަންޒަރުތަކެއްކަމަށެވެ.

މި ދާއިރާގައި އެންމެ ގިނަ ދުވަސްވީ ކުންފުނިތަކުގެ ވެރިން ބުނެފައިވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ފަހު ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި އެކު ފަށައިގެނެގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް އަވަހަށް ކުރިޔަރައިގެން ދާނެ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަންނަ މަހު ރާއްޖޭގެ ވައިގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލާށެވެ. އެކަމަށް ތައްޔާރީތައް ވަމުން ދާއިރު ފިޔަވަޅުތަކާއި އެކު ޓޫރިޒަމް ފަށައިގަތުމަށް ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް