ގޭގައި ކަރަންޓީން ވާ ގޮތަށް ލަންކާއާއި މެލޭޝިޔާގައި ތިބި ދިވެހިން ގެންނަނީ

އަވައްޓެރި ސްރީލަންކާ އާއި މެލޭޝިޔާގައި ތިބި ދިވެހިން ގެންނަން ފްލައިޓުތަކެއް ބާއްވަން ނިންމައިފި އެވެ. ފޮރިން މިނިސްޓްރީ އާއި ހަވާލާދީ އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެގޭ ތެރެއިން ފ...

09 Jun 2020 | 03:58

އަވައްޓެރި ސްރީލަންކާ އާއި މެލޭޝިޔާގައި ތިބި ދިވެހިން ގެންނަން ފްލައިޓުތަކެއް ބާއްވަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީ އާއި ހަވާލާދީ އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެގޭ ތެރެއިން ފުރަތަމަ ފްލައިޓު ލަންކާގައި ތިބި ދިވެހިން ގޮވައިގެން މާދަމާ އަންނާނެ ކަމަށެވެ. އެއީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެކެވެ.

ދެން ހުރި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހު ލަންކާގައި ތިބި ދިވެހިންތަކެއް ގެނައުމަށް މޯލްޑިވިއަންއިން ދަތުރު ކުރާނެ އެވެ.

އޭގެ ފަހުން 15 ވަނަ ދުވަހާއި 18 ވަނަ ދުވަހު މެލޭޝިޔާގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންއިން ދަތުރު ކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އިތުރު ދަތުތުރަކެއްވެސް އެ ދެ ގައުމުގައި ތިބި ދިވެހިން ގެނައުމަށް ކުރަން ނިންމާފައިވެ އެވެ.

މި ފްލައިޓުތަކުގައި ރާއްޖެ އަންނަން ހުރިހާ އެންމެންވެސް ޖެހެނީ ގޭގައި ކަރަންޓީން ވާށެވެ. މަބްރޫކް ވިދާޅުވީ ފްލައިޓުން ޖާގަ ކަށަވަރު ކުރާއިރު އެމީހަކު ގޭގައި ކަރަންޓީން ވެވޭނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

މީގެ ކުރިންވެސް ލަންކާ އާއި މެލޭޝިޔާގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަންއިން ފްލައިޓުތަކެއް ބާއްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް