މިއަދު ޕޮސިޓިވްވި މީހުންގެ އަދަދު 39 އަށް އަރައިފި

މިއަދު ކޯވިޑް-19 އިތުރު19 މީހަކަށް ޖެހިއްޖެ އެވެ. އެޗްޕީއޭއިން މިއަދު މެންދުރު ބުނީ ބައްޔަށް ޕޮސިޓިވްވެފައިވަނީ22 މީހުން ކަމަށެވެ. މިރޭ ޕޮސިޓިވްވިކަން ހާމަ ކުރި19 މީހުންނާއި އެކު މިއަދު ބަލި ޖެހުނު ޖު...

09 May 2020 | 18:12

މިއަދު ކޯވިޑް-19 އިތުރު19 މީހަކަށް ޖެހިއްޖެ އެވެ.

އެޗްޕީއޭއިން މިއަދު މެންދުރު ބުނީ ބައްޔަށް ޕޮސިޓިވްވެފައިވަނީ22 މީހުން ކަމަށެވެ. މިރޭ ޕޮސިޓިވްވިކަން ހާމަ ކުރި19 މީހުންނާއި އެކު މިއަދު ބަލި ޖެހުނު ޖުމްލަ އަދަދު ވަނީ39 އަށް އަރާފައި އެވެ.

މިރޭ ޕޮސިޓިވްކަން ހާމަ ކުރި19 މީހުންގެ ގައުމުތަކެއް ހާމައެއް ނުކުރެ އެވެ. މިއަދު މެންދުރު ޕޮސިޓިވްވިކަން ހާމަކުރި22 މީހުންގެ ތެރޭގައި ހިމެނެނީ16 ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހަކާއި ނޭޕާލް މީހެކެވެ.

ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ދެވަނައަށް އެންމެ ގިނައީ ދިވެހިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އިންޑިއާ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން785 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު ތިން މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ. އަދި29 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް