ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ނުވަ މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
ބަލި ރަނގަޅުވީ ކޮން ކޭސް ނަމްބަރުތަކެއް ކަމެއް ނޭނގެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް29 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އަލަށް ރަނގަޅުވީ ނުވަ މީހުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ16 ދިވެހިންނާއި13 ބިދޭސީންނެވެ. ބަލިން ރަނގަޅުވި ކަމަށް ބަލަނީ14 ދުވަހު ބެލުމަށް ފަހު ކޯވިޑްގެ އަލާމާތްތައް އެއްކޮށް ފިލުމުން ކޯވިޑަށް ދެފަހަރު ޓެސްޓުކޮށް ދެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.
ބަލިން ރަނގަޅުވިޔަސް އެމީހުން އަދި ދޫކޮށްލާނީ14 ދުވަހުގެ އައިސޮލޭޝަން މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު އެވެ. އޭގެ ފަހުންވެސް އެމީހުން ކޯވިޑަށް ޓެސްޓު ކުރާނެ އެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއިން ކޯވިޑް ޖެހޭ ގިނަ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތްތަކެއް ނެތް މީހުން ކަމަށެވެ. އަދި ޕޮސިޓިވްވެފައިވާ ގިނަ މީހުންނަކީ ހެލިފެލިވެ އުޅޭ އުމުރުފުރާ ކަމަށްވާ18 އަހަރާއި60 އަހަރާއި ދެމެދުގެ މީހުންނެވެ.
މިހާތަނަށް ކޯވިޑަށް785 މީހަކު ޕޮސިޓިވްވެފައިވާއިރު ބަލީގައި ތިން މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް